Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ފުލުހުން ޖާބިރު ހޯދަން ފަށައިފި

ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރ އަދި ކުރީގެ މަޖްލިސް މެމްބަރ އަބްދުﷲ ޖާބިރު ހޯދަން ފުލުހުން ހ. ތިމާވެށިއަށް ގޮސްފިއެވެ.

ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިރު ނާރަނީސް ޖާބިރު ހޯދަން ފުލުހުން ދިޔަ ޚަބަރު އަޑު އަހައިފިން ކަމަށެވެ. އެއީ ކޮން ކަމެއްގައިތޯ ދިޔާނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.

ޖާބިރު ހޯދަން ފުލުހުން އުޅެނީ ކޮން މައްސަލައަކާއި ގުޅިގެންކަން އަދި ސާފެއް ނުވެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި ސްރީލަންކާގައެވެ.