މިއަދު ޕީޕީއެމްގެ މައުމޫން ފެކްޝަނުގެ ސެކެޓްރީ ޖެނެރަލް، އަބްދުލް އަލީމް އާދަމް ކޯޓުގެ ހުރުމަތް ކަނޑާލިކަމަށް ސާބިތުވެ 85،000 ރުފިޔާއިން ޖޫރިމަނާކުރުމުން ކުރީގެ ޔޫތު މިނިސްޓަރު މަލީހު ޖަމާލު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަލީހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ 85،000 ރުފިޔާއަކީ ދިވެހި ޒުވާނަކު އަހަރު ދުވަހު ބުރަ މަސައްކަތްކޮށް ހޯދާ މުސާރަކަމަށެވެ.
އެފަދަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުން ހައިރާންވެރިކަން ފާޅުކޮށް މަލީހު ވިދާޅުވެފައިވަނީ ސިވިލް ކޯޓުން އިއްވި ހުކުމަކީ ގަބޫލުކުރަން ދަތި ހުކުމެއް ކަމަށެވެ.
ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށްބުނެ އަލީމްގެ މައްޗަށް 85،000ރ. އިން ޖޫރިމަނާ ކުރީ ސިވިލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން މިއަދު ހެނދުނުގެ ވަގުތެއްގައެވެ.