މާލޭގެ ފިހާރައަކުން ޝެލީ ބްރޭންޑްގެ ލޯޝަން ފުޅިއެއް ވަގަށް ނެގި މީހަކު 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިމަހުގެ 20 ވަނަ ދުވަހު ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ނ.މާފަރު، މަހިފެއަރ، މަމްދޫހް އިބްރާހިމެވެ.
'އަގޯރާ އެކްސްޕްރެސް' ކިޔާ ފިހާރައަކުން މަމްދޫހު ލޯޝަން ފުޅި ވަގަށް ނަގާފައި ވަނީ، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި މަމްދޫހު ވަނީ ކުށަށް އިއުތިރާފްވެފައެވެ.