ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ކަމިޝްނާ އަދި މިހާރުގެ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒުގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ރިޔާޒު އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ ދެ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފައެވެ. އެގޮތުން މިއަދު ވަނީ ރިޔާޒުގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތުދީފައެވެ. ރިޔާޒުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އޭނާގެ ބޮޑު ބޭބެއެކެވެ.
ރިޔާޒުގެ ދިފާއީ ހެކި ބުނީ ރިޔާޒުގެ ފޯނުގެ ލޮކް ކޯޑު އެގޭނީ އޭނާއަށް ކަމަށާއި، އޭނާ އަކީ ރިޔާޒުގެ ފޯނު މެއިންޓަނެންސް ކުރާ ފަރާތްކަމަށެވެ.
ތަފްސީލް އަންނަނީ….