Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ކޮރަޕްޝަނުން އެހެން މީހުން ދުރު ކުރުމަކީ ވާޖިބެއް: ޚުތުބާ

ކޮރަޕްޝަނުގެ ޢަމަލުތަކުން ދުރުވެ އެހެން މީހުން ވެސް އެކަމުން ދުރުކުރުމަށް މަސައްކަތް ކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

މާލެއާއި އަތޮޅުތަކުގެ މިސްކިތްތަކުގައި އިމާމުން މިއަދު ވިދާޅުވި ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައި ވަނީ ކޮރަޕްޝަނުގެ މައްޗަށެވެ.

ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ހީލަތްހެދުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންތައް ކަން ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

"ރިޝްވަތުގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް ރިޝްވަތު ދޭ މީހުންނާއި ރިޝްވަތުގައި ހިފާ މީހުން އަދި ރިޝްވަތު ދިނުމުގައި ބައިވެރިވާ މީހުންނަށް ފަހުން ލިބޭ ގެއްލުން މާބޮޑެވެ. ތިމާމެންގެ ދަރިންނަށް ޙަރާމް ތަކެތި ކާންދިނުމަކީ، ދަރިން ބަސްނޭހުމާއި ވިޔާނުދާ ޢަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާނެ ކަމެކެވެ."

ހުކުރު ހުތުބާގައި ބުނެފައި ވަނީ ކޮންމެ މީހެއްގެ ޒިންމާ އެއްކަމުގައިވާންވީ ތިމާގެ އަމިއްލަ ނަފްސަށާއި ތިމާގެ ބާރުފޯރާ އެންމެން، އަދި ތިމާގެ ބަސްއަހާ އެންމެންނަށް މިނުބައިވަބާ އިން ރައްކާތެރިވުމަށް ނަޞޭޙަތްތެރި ވުން ކަމަށެވެ.