Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ތޯރިގްގެ ޓީމަށް ހުޅުދޫން ހޫނު މަރުޙަބާއެއް

މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް އާއި ޕީޕީއެމްގެ ޓީމަށް ހުޅުމީދޫ އިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ހުޅުދޫ ބަނދަރު ސަރަހައްދުން މިނިސްޓަރ އަށް މަރުހަބާ ކިޔުމަށް ހުޅުދޫ އަދި މީދޫއަށް ނިސްބަތްވާ ޕީޕީއެމްގެ ގިނަ އަދަދެއްގެ މެންބަރުން ދިޔަކަން ފާހަގަކޮށްލެވެއެވެ.

ތޯރިޤް ހުޅުދޫއަށް ވަޑައިގެންނެވީ އެރަށުގައި 2 މަޝްރޫޢެއް އިފްތިތާޙުކޮށްދެއްވުމަށެވެ. އެއީ ހުޅުދޫ ގޮނޑޮދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ އިތުރުން ހުޅުދޫ އަދި މީދޫގެ ނަރުދަމާގެ މަޝްރޫޢެވެ.