Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ހުޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުން އިފްތިތާހުކޮށްފި

ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވުމަށް ފަހު މިނިސްޓަރ ތޯރިޤް ވާހަކަ ދައްކަވަނީ. އައްޑޫލައިވް ފޮޓޯ: އަލީ ހުޒާމް

ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި އެވެ.

ހުޅުދޫ، ބޮނޑޮފަންނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ.

މިނިސްޓަރ ތޯރިޤް ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ހުޅުދޫގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ބޮޑު ޕްރޮޖެކްޓަކަށް ވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢު ފެށިގެން ދިޔައީ ދާއިރާގެ މަޖިލިސް މެންބަރު ޝާޑުގެ ބުރަ މަސައްކަތްޕުޅުގެ ސަބަބުން ކަމަށް ވެސް ތޯރިޤް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާރް އާރް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 1300 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލަ ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް ނިންމަންޖެހޭ މި މަޝްރޫޢުގެ ޖުމްލަ އަގު 24.4 މިލިއަނަށް އަރައެވެ.