Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ފޭދޫ ރައްޔިތުން ޝުކުރުވެރިވެ، ކަންކަން ބަލައި ގަނޭ: އައިބީ

އައްޑޫ ސިޓީ ފޭދޫގެ ރައްޔިތުންނަކީ ކަންކަން ބަލައިގަންނަ ބައެއް ކަމަށާއި އެކަންތަކަށް ޝުކުރުވެރިވާ ބައެއް ކަމުގައި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

ފޭދޫގެ ނަރުދަމާ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، ފޭދޫ ރައްޔިތުން ކަންކަން ބަލައިގަންނަކަން ދައްކާނީ އަމަލުން ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ފޭދޫ ރައްޔިތުންނަކީ ޝުކުރުވެރިވާ ބައެކޭ. އަޅުގަނޑުމެން ކަންކަން ބަލައިގަންނާނަމޭ. އަޅުގަނޑުމެންނަށް މިކޮށްދެއްޥާ ކަންތައް އަޅުގަނޑުމެން ދައްކާނީ އަމަލުން(ވޯޓުން)"

އައިބީ ވިދާޅުވި ގޮތުގައި ފޭދޫ ރައްޔިތުންނަކީ ވަކި މީހަކު ފަހަތުގައި ވަކި މީހަކު ބުނާގޮތަށް ހަދައިގެން އެނބުރޭ ވަރަށް ވުރެ މާ ވިސްނުން ތައުލީމީ އަދި ޤާބިލް ބައެއް ކަމަށެވެ.

1950 ވަނަ އަހަރުވެސް ފޭދޫގެ ރައްޔިތުން ނަރުދަމާއެއް އަދި ތައުލީމު ލިބޭނެ ގޮތްތައް ބޭނުންވި ކަމަށާއި މީގެ ކުރިން އައި އެއްވެސް ސަރުކާރަކަށް އެކަން ކޮށް ނުދެވުނު ކަމަށް އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އައްޑޫގެ ނަރުދަމާގެ މަސައްކަތް ހަވާލު ކުރި ބައިވޯޓާރ ކުންފުނިން ފޭދޫގައި ނަރުދަމާ އެޅުމަށް އެންމެ ހޮޅިއެއް ވެސް ވަޅުލާފައި ނުވާކަމަށެވެ.

ކަންކަން ބޭނުންވަންޏާ ރައްޔިތުންގެ އިޚްލާސްތެރިކަން ހުންނަން ޖެހޭނެ ކަމަށާއި، އަދި ކަންކަން ކޮށްދެއްވާ ފަރާތްތައް ބަލައިގަންނަން ޖެހޭނެ ކަމަށް އައިބީ ވިދާޅުވިއެވެ.