އައްޑޫ ސިޓީ މަރަދޫ އާއި މަރަދޫފޭދޫގެ ނަރުދަމާ ނިޒާމުގެ މަޝްރޫޢު އިފްތިތާހްކޮށްފި އެވެ.
ވަކިވަކިން ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުތަކެއްގައި މި މަޝްރޫއުތައް އިފްތިތާހްކޮށް ދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ ތޯރިގް އިބްރާހީމެވެ.
އޯޕެކް ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މި ދެ މަޝްރޫޢުގެ މަސައްކަތް ވެސް ކުރަނީ އެމްޓީސީސީ އިންނެވެ.
މަރަދޫ އަދި މަރަދޫފޭދޫގެ ނަރުދަމާ ނިޒާމުގެ މަޝްރޫއު އިފްތިތާހްކޮށްފައިވާއިރު، ހުޅުމީދޫ އަދި ފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ވެސް ވަނީ އިފްތިތާހްކޮށްފައެވެ. އަދި މިއަދު ހަވީރު ހިތަދޫގެ ނަރުދަމާ ނިޒާމު އިފްތިތާހްކުރުން ވެސް އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގެ ނަރުދަމާގެ މަސައްކަތް ފެށުމުގެ ބޭނުންވާ ސާމާނު ފާއިތުވި މާރޗް މަހު އެމްޓީސީސީން ވަނީ އައްޑޫއަށް ގެނެސްފައެވެ.