Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ޔާމީންގެ މަރާ ގުޅޭ މައުލޫމާތު ބޭރުގެ ޑިޕްލޮމެޓުންނާ ހިއްސާކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން މަރާލި މައްސަލަ އާއި ގުޅޭ މައުލޫމާތު އާއިލާގެ ފަރާތުން ސްރީލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާއި ހިއްސާކޮށްފިއެވެ.

ޔާމީންގެ އާއިލާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން އެކި ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި، އިންސާނީ ޙައްޤުތަކާއި، ނޫސްވެރިކަމާއި، ލިޔުންތެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމްޢިއްޔާ/ޖަމާޢަތްތަކާއި، އަދި ސްރީލަންކާގައި ޤާއިމުވެތިބޭ ނޫސްވެރިންނާއި އާއިލާގެ ފަރާތުން ވަނީ ބައްދަލުކޮށްފައެވެ.

އާއިލާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔާމީން ރަޝީދު މަރާލި މައްސަލައިގައި އިތުބާރުހިފޭ ތަޙްޤީޤެއް ހިންގޭނީ ބައިނަލްއަޤްވާމީ ފެންވަރުގެ ތަޙްޤީޤީ ތަޖުރިބާކާރުންގެ ބައިވެރިވުމާއެކުގައި ކަމުގައި ޤަބޫލުކުރެވޭތީ އެކަމަށް ބާރު އަޅުއްވައިދެއްވުމަށް ބޭރުގެ ފަރާތްތަކުގެ އެހީއަށް އެދިފައިވާ ކަމަށެވެ.

ޔާމިންގެ ޤަތުލަށް އެތައް ދުވަހެއް ފާއިތުވެދާއިރުވެސް، އަދި ޤާތިލުން ދެނެގަނެވިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވާއިރުވެސް، މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް މީހަކު، ފުލުހުންގެ ބެލުމުގެދަށަށް ނުގެނެވި، ތަޙްޤީޤުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ ކަންބޮޑުވުން ފައުޅުކުރަމެވެ. (އާއިލާގެ ބަޔާން)

ޔާމީން ރަޝީދުގެ ބައްޕަ ސޮއިކުރައްވައި ނެރެފައިވާ ބަޔާނުގައި ވަނީ ބައިނަލްއަޤްވާމީ ތަޙްޤީޤީ ތަޖުރިބާކާރުން ޔާމީން މަރާލި މައްސަލައިގެ ތަހުގީގުގައި ބައިވެރިކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދޭކަމަށް ބުނެފައެވެ.