ވަކި ދެ ރަސްމިއްޔާތެއްގައި ހިތަދޫގެ ދެކުނު ދާއިރާ އާއި އުތުރު ދާއިރާގެ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫޢު އިފްތިތާހްކޮށްފި އެވެ.
މިއަދު ހަވީރު ހިތަދޫގައި ބޭއްވި ރަސްމިޔާތެއްގައި މި މަޝްރޫއު ފަށްޓަވައިދެއްވީ މަޝްރޫއު ފައްޓަވައި ދެއްވީ އެންވަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.
ހިތަދޫ ދެކުނު ދާއިރާގައި އަދި އުތުރު ދާއިރާގައި ވެސް މި މަޝްރޫޢު އިފްތިތާހްކުރުމަށް ވަކި 2 ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
ހިތަދޫ މެދު ދާއިރާގެ ނަރުދަމާ ނިޒާމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އެމަސައްކަތް ފެށީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރުގެ ތެރޭގައި އޭރު އެމަނިކުފާން އުފެއްދެވި ސަދަން ޔޫޓިލިޓީ ކުންފުންޏާއި އިނގިރޭސިވިލާތުގެ ބައިވޯޓާރ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާރ ކުންފުންޏަކުންނެވެ.
އެމްޑީޕީގެ ވެރިކަން ބަދަލުވުމަށް ފަހު ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް އެމަސައްކަތް ނިންމީ ފެނަކަ ކޯޕަރޭޝަނުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ އުތުރާއި ދެކުނުގައި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީއިންނެވެ. އެކުންފުންޏާއި މަސައްކަތް ހަވާލުކުރީ މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައެވެ. އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ވިދާޅުވީ މަސައްކަތް ނުފެށި ލަސްވީ މި މަސައްކަތަށް ބޭނުންވާ ސާމާން ހިތަދޫ އަށް ޖަމާކޮށް، ނަގަންޖެހޭ ހުއްދަތަކާއި ކުރަންޖެހުނު ސާވޭއަށް ވަގުތު ނެގުމުން ކަމަށެވެ.