Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

އަމިއްލަ ގޮތުން ފޭދު އަށް ވާދަކުރާ ކެންޑިޑޭޓްގެ ތާއީދު ބޮއްކާ އަށް

ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީ ފޭދޫ ދާއިރާއަށް ކުރިމަތިލެއްވި މިނިވަން ކެންޑިޑޭޓް އަބްދުﷲ ސައީދު އެ ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓް އަލީ ހަނީޒް (ބޮއްކާ" އަށް ތާއީދު ކުރުމަށް ނިންމަފި އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ހަނީޒަށް ތާޢީދު ކުރުމަށް އަބްދުﷲ ސައީދު ނިންމާފައިވާކަން ހާމަކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ކެމްޕެއިން އިވެންޓެއްގައެވެ.

އެ އިވެންޓުގައި އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް އާއި ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ބައިވެރިވެވަޑައިގެންނެވިއެވެ.

އަބްދުﷲ ސައީދު ބުނެފައި ވަނީ އޭނޭ އަލީ ހަނީޒަށް ތާއީދުކުރަން ނިންމީ ސަރުކާރުން ފޭދޫގެ ތަރައްގީއަށް ކޮށްދެއްވަމުން ގެންދަވާ ކަންތައްތައް އަދި ކުރައްވަން ނިންމާފައިވާ ކަންތައްތަކަށް އޭނާގެ ސަބަބުން ހުރަސްތަކެއް ކުރިމަތި ކުރުމަށް ބޭނުން ނުވާތީ ކަމަށެވެ.

ފޭދޫ ދާއިރާގެ ކައުންސިލަރ ކަމަށް ކުރިމަތިލައްވާފައި ވަނީ 3 ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން އަލީ ފަހުމީ، ޕީޕީއެމްގެ ފަރާތުން އަލީ ހަނީޒު އަދި އަމިއްލަ ގޮތުން ކުރިމަތިލި އަބްދުﷲ ސައީދެވެ.