Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ފުޓްބޯޅަ ކުޅެނިކޮށް ޒުވާނަކު ދަނޑުމަތީގައި ނިޔާވެއްޖެ

ކ. ތުލުސްދޫގައި ފުޓްބޯޅަ ކުޅެނިކޮށް ޒުވާނަކު ދަނޑުމަތީގައި ނިޔާވެއްޖެ އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައި ވާގޮތުގައި ފުޓްބޯޅަ ކުޅެން ހުއްޓާ ދަނޑުމައްޗަށް ވެއްޓި ނިޔާވެފައި ވަނީ ހުސެއިން މާހިން، 28 އެވެ.

ތުލުސްދޫ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މާހިން ސިއްހީ މަރުކަޒަށް ގެންދިއިރު ވެސް އޮތީ ނިޔާވެފައި ކަމަށް ތުލުސްދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރުން ބުނި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތުލުސްދޫގައި ފުޓްބޯޅަ ކުޅެންހުރި ޒުވާނަކު ދަނޑުމައްޗަށް ވެއްޓިގެން އެރަށު ސިއްހީ މަރުކަަޒަށް ގެންގޮސްފައިވާ ކަމަށާ އޭނާ މަރުވެފައިވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް ޔަގީންކޮށްދީފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާހިން ސިއްހީ މަރުކަޒަށް ގެނެސްފައިވަނީ މިރޭ އިރުއޮއްސި 6 ޖެހިއިރުއެވެ.