Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

އިސްދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ލ. އިސްދޫގައި ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ކަލައިދޫން އިސްދޫައަށް ދާން އޮންނަ ބޮޑުމަގުން ސައިކަލް ކަހާލައިގެން ވެއްޓިއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ 27 އަހަރުގެ މުހައްމަދު ޔޫސުފް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ސައިކަލުން ވެއްޓުނު ސަރަހައްދުގައި ގިނަ އަދަދަކަށް ލޭ ހުރިކަމަށް މައުލޫމާތުލިބެއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މުހައްމަދު ޔޫސުފް މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 22:00 ހާއިރުއެވެ.