Last Updated: June 24, 06:35
Wednesday, June 24, 2026
ކުޅިވަރު

ފޭދު އާއި ހިތަދޫ މެޗަށް ހަމަހަމަ ނިމުމެއް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޗެމްޕިއަން ފޭދު އާއި ހިތަދޫ ބައްދަލު ކުރި މެޗް 1-1 ލަނޑުން އެއްވަރުވެއްޖެ އެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗްގައި ލަނޑު ޖަހައި ލީޑް ނެގީ ހިތަދޫ ޓީމުންނެވެ.

އެ ޓީމަށް ގޯލު ޖަހާދިނީ މެދިތެރެއަށް ކުޅެމުން ދިޔަ އަހްމަދު އިބްރާހިމް (ކޭޑީ)އެވެ. ފުރަތަމަ ހާފް ނިމުނީ ހިތަދޫ ލީޑްގައި އޮވެއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. ފޭދޫ ޓީމުން ހަމަހަމަ ކުރި ލަނޑު އެޓީމަށް ޖަހާ ދިނީ ތަޖްރިބާކާރު ކުޅުންތެރިއާ އަލީ ސަރީރް (ޕީޓަ)އެވެ.

މުބާރާތުގައި މިހާތަނަށް ކުޅުނު މެޗްތަކަށް ބަލާއިރު ހިތަދޫ، އަދި ފެދޫއަށް އަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. މީދޫ އަދި މަރަދޫ ފޭދޫއަށް ޕޮއިންޓެއް ލިބިފައިވާ އިރު މަރަދޫއަކަށް ޕޮއިންޓެއް ލިބިފައި ނުވެއެވެ.

މުބާރާތުގައި ދެން މެޗެއް އޮންނާނީ މޭއި މަހުގެ 1 ވަނަ ދުވަހުއެވެ. ބައްދަލު ކުރާނީ މަރަދޫ އަދި މަރަދޫ ފޭދޫ ޓީމެވެ.