ސްޕެނިޝް ލީގުގައި ރެއަލް މެޑްރިޑާއި ވެލެންސިއާ ބައްދަ ލުކުރި މެޗުން 1-2 އިން ރެއަލް މޮޅުވެ، ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލާ އެކު އޭނާ ވަނީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ ލަނޑު ލިސްޓުގެ އެއްވަނަ އަށް 367 ގޯލާއެކު އަރައިފި އެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ރޮނާލްޑޯ ރެއަލްއަށް ލީޑު ނަގާދީފައިވާއިރު ވެލެންސިއާ ވަނީ މެޗުގެ ފަހު 10 މިނެޓު ތެރޭގައި ނަތީޖާ އެއްވަރުކޮށްފައެވެ.
ރޭގެ މެޗުން އެއްވަރުވިނަމަ ލީގު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ބުރޫ އަރައިގެން ދާނެއެވެ. ނަމަވެސް މާސެލޯ ވަނީ ރެއާލްއަށް 86 ވަނަ މިނެޓުގައި ޖެހި ގޯލާއެކު ތިން ޕޮއިންޓު ޔަގީންކޮށްފައެވެ.
ކުލަބުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، ރޮނާލްޑޯ ރޭގައި ހާސިލުކުރި ލަނޑުދަނޑިއާއެކު އޭނާ ވަނީ ކުރިން އެމަގާމުގައި އޮތް ޖިމީ ގްރީސް ފަހަތަށް ޖައްސާލާފައެވެ. ޖިމީ ވަނީ ސްޕާސްއަދި ޗެލްސީއަށް ކުޅެ، ދެޓީމަށްވެސް މުހިއްމު ލަނޑުތަކެއް ޖަހާދީފައެވެ.
ރޭގައި ތާވަލުގެ އެއްވަނައިގައި އޮތް ބާސާ ވަނީ ފަސޭހަ ކަމާއެކު އެސްޕަނިޔޮލްގެ މައްޗަށް 0-3 އިން ކުރި ހޯދައި ރެއާލްއާ ޕޮއިންޓުގެ ގޮތުން އަނެއްކާވެސް އެއްވަރުކޮށްފައެވެ. ބާސާއަށް ކުރި ލިބެނީ ހެޑް-ޓު-ހެޑް މެޗުތަކުން ކުރި ލިބިގެންނެވެ. ރެއަލްއަށް އަދިވެސް ގޭމް އޮން ހޭންޑެއް އޮތުމުން ތާވަލު ވަނީ ފަހުގެ ތާރީޚެއްގައި ފޯރިގަދަ ނުވާ ވަރަށް މިސީޒަނުގައި ފޯރިގަދަވެގެން ގޮސްފައެވެ.