މާލޭގެ ހާލަތަށް ބަލައި، ސުޕީރިއަ ކޯޓުތަކުގެ ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ މާލޭގެ ހުރިހާ ކޯޓަކަށް މިދިޔަ ހަފުތާއިން ފެށިގެން ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އަންގައިފަ އެވެ.
އެގޮތުން ފަނޑިޔާރުން ތަންތަނަށް ދިއުމަށް ވެހިކަލް ހަމަޖެއްސުމާއި ފަނޑިޔާރުންނަށް ސެކިއުރިޓީ ދިނުމަށް ޑިޖޭއޭ އިން އަންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވަނީ ރަހުމު ކުޑަ ގޮތަކަށް ބްލޮގަ ޔާމީން ރަޝީދު މަރާލައި، މާލެ ހަލަބޮލިވުމާ ގުޅިގެން ބައެއް ފަނޑިޔާރުން ކަންބޮޑުވުން ފާޅުކުރުމުންނެވެ.