ގަމުން ސްރީލަންކަން ދަތުރު ކުރާ ހުރިހާ މަންޒިލެއްގެ ޓިކެޓު އަގު 20 ޕަސެންޓް ދަށްކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ސްރީލަންކަން އިން ބުނީ ގަމުން ފެށި ހާއްސަ ޕްރޮމޯޝަންގެ ދަށުން އެޕްރީލް 28 ވަނަ ދުވަހުން ފެށިގެން 17 މޭއިގެ ނިޔަލަށް ޓިކެޓް ނަންގަވާ ފަރާތްތަކަށް މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މިއަހަރުގެ ނޮވެމްބަރ 30 ގެ ނިޔަލަށް ދަތުރު ކުރެވޭނެކަމަށެވެ.
" ޓިކެޓް ބައްލަވައިގަންނަވަން ޖެހޭ ތާރީހް: އެޕްރިލް 28- 17 މޭއި 2017.
ދަތުރު ކުރެވޭ މުއްދަތު : 28 އެޕްރިލްއިން ފެށިގެން 30 ނޮވެމްބަރ 2017"
ސްރިލަންކަން އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ޓިކެޓް ނެންގެވުމަށް އޭސް އޭވިއޭޝަންގެ ފޭދޫ އޮފީސްއަށް ގުޅައިގެން ނުވަތަ 7978966 ނުވަތަ 7926087 ނަންބަރ ފޯނަށް ގުޅައިގެން ޕްރޮމޯޝަންގެ މައުލޫމާތާއި، ޓިކެޓް ރިޒަވޭޝަންސް ހެއްދެވޭނެކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަފްތާއަކު ހަތަރު ފްލައިޓް ގަމާއި ލަންކާ އާއި ދެމެދު ބާއްވަމުން އަންނަ އިރު މިއަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން އިތުރު ދެ ފްލައިޓް ބޭއްވުމަށ ވަނީ ނިންމާފައެވެ.
ސްރީލަންކަންއިން ވަނީ ގަމުން ކާގޯ މުދާ ފޮނުވުމުގެ ހިދްމަތްވެސް ފަށާފައެވެ. އަދި ކޮލަމްބޯއިން ގަމަށް ކާގޯ ގެނެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.