Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ރިޔާޒް އަނެއްކާވެސް ފުލުހަށް ހާޒިރުވުމަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ރިޔާޒް މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށް އެއިދާރާއަށް މިރޭ 8:30 ގައި ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ ރިޔާޒްގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ.

ދައުވާގެ ފުރަތަމަ ޝަރީއަތް ވަނީ ކުރިމިނަލް ކޯޓުން ސިއްރުކޮށްފައެވެ. މިރޭ ރިޔާޒް ފުލުހަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި އެނގިފައެއް ނުވެއެވެ.