އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި އެވަޓަން ބައްދަލުކުރި މެޗު 0-3 އިން އެވަޓަން ބަލިކޮށް ޗެލްސީ ތަށި ޔަގީން ކުރުމާއި ގާތަށް އެއް ފިޔަވަޅު ޖެހިލައިފިއެވެ. ޗެލްސީގެ ފަހަތުގައި ވިއްދާލާފައިއޮތް ޓޮޓެންހަމްވެސް ރޭގައި އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗު 0-2 އިން ވަނީ ކާމިޔާބުކޮށްފައެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމަށް މަސައްކަތް ކުރަމުން އަންނަ ސިޓީ އާއި ޔުނައިޓެޑަށް ތިން ވަނައިގައި އޮތް ލިވަޕޫލްގެ ކުރިއަށް ދިއުމަށް ލިބުނު ފުރުސަތު އަނެއްކާވެސް ނަގާލައިފިއެވެ. ދެޓީމު ކުޅުނު މެޗުވެސް އެއްވަރުވެފައިވާއިރު ޔުނައިޓެޑު އެއްވަރުވެފައިވަނީ މިސީޒަނުގެ 14 ވަނަ ފަހަރަށެވެ. އޭގެތެރެއިން 10 މެޗު އެއްވަރުވެފައިވަނީ ހޯމް ގައެވެ.
ޔުނައިޓެޑާއި ސްވެންސީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެފައިވާއިރު ސިޓީއާއި މިޑްލްސްބްރަގް ބައްދަލުކުރި މެޗު އެއްވަރުވެފައިވަނީ 2-2 އިންނެވެ. މިނަތީޖާއާއެކު އަދިވެސް މިސީޒަނުގެ ޓޮޕް 4 ގައި ނިންމާނީ ކޮން ޓީމުތަކެއް ކަން ޔަގީންވާ ގޮތެއް ވަނީ ނުވެފައެވެ.
ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީ އަށް 81 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ސްޕާސްއަށް ލިބިފައިވަނީ 77 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލިވަޕޫލް އަދި ހަތަރު ވަނައިގައި އޮތް ސިޓީއަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. ޔުނައިޓެޑު ފަހަތުގައި އޮތީ 65 ޕޮއިންޓާއެކުގައެވެ. ހަވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 60 ޕޮއިންޓެވެ.