Last Updated: June 11, 21:26
Thursday, June 11, 2026
ވިޔަފާރި

ޕޮލިޓެކްނިކް އިން އިލެކްޓްރިޝަން ކޯހެއް ބާއްވަނީ

މާލޭގައި ހުންނަ ޕޮލިޓެކްނިކް ހިންގަމުން އަންނަ އިމާރާތް/. އައްޑޫގައި ކޯސްތަކެއް ހިންގުމަށް ވަނީ ރާވާފައި. ފޮޓޯ: ޕޮލިޓެކްނިކް

މޯލްޑިވްސް ޕޮލިޓެކްނިކް އިން އައްޑޫގައި އިލެކްޓްރިޝަން ކޯހެއް ބާއްވަން ނިންމައި، ކޯހަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެތަނުން ބުނީ 16 ފަރާތަކަށް ޖާގަ ދީގެން ބާއްވަން ހަމަޖެހިފައި ވަނި ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން ކޯހެއް ކަމަށެވެ. ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ ގްރޭޑް 7 ގެ ފެންވަރު ހުރުމެވެ. ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ.

ކޯހަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް ޕޮލިޓެކްނިކުން ބުންޏެވެ. އެޕްލިކޭޝަން ފޯމް ޕޮލިޓެކްނިކުންނާއި އައްޑޫ ސިޓީ ކައުންސިލް އިދާރާ އިން ދޫކޮށް، ބަލައިގަތުން ހަމަޖެހިފައިވާ ކަމަށް ވެސް ޕޮލިޓެކްނިކުން ބުންޏެވެ.

ކޯހާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 3305406 ނުވަތަ 3305404 އަށް ގުޅުމަށް ވެސް ޕޮލިޓެކްނިކުން އެދެ އެވެ.