Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ވާޒްގެ ހެޓްރިކާ އެކު މަރަދޫ މޮޅުވެއްޖެ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މަރަދޫ އަދި މަރަދޫ ފޭދޫ ބައްދަލު ކުރި މެޗް 5-0 ލަނޑުން މަރަދޫ ޓީމް ކާމިޔާބްކޮށްފިއެވެ.

މީދު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗްގެ 22 ވަނަ މިނިޓްގައި އެޓީމްގެ ފޯވާޑް އްބްދުﷲ ވާޒިއު ވަނީ ލަނޑު ޖަހާފައެވެ. މަރަދޫ ޓީމުން ޖެހި 5 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހައި ވާޒިއު (ވާޒު) ހެޓްރިކް ހެދި އިރު އެޓީމުގެ އަނެއް ދެ ލަނދު ޖަހާދިނީ އަހްމަދު ޠޮލާލްއެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހެޓްރިކް ހެދި ވާޒިއުއެވެ.

މުބަރާތުގައި މާދަމާ ކުޅޭނީ މީދޫ އާއި ފޭދޫ ޓީމެވެ. މެޗް އޮންނާނީ މީދޫ ފުޓްބޯޅަ ދަނޑުގައެވެ.