ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހް މަގުފަހި ކުރަނީ، ފަގީރުކަމާއި އަޅުވެތިކަމަށްކަމަށް އަމިއްލައަށް ގައުމުން އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ކުރީގެ ރާއްޖޭގެ ނައިބް ރައީސް އަދި މިހާރު މޯލްޑިވިއަން ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ލީޑަރ ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓުލުން ހަފްތާއަކަށް ކައިރިވެފައިވަނިކޮށް ޑރ. ޖަމީލް ވިދާޅުވީ ޕީޕީއެމްއަށް ނޫނެކޭ ބުނެ ގައުމު އިސްކުރަންޖެހޭކަމަށެވެ.
Laa marukazee qaanoon ah genai islaahun magu fahi kuranee faqeeru kamaai alhuvethi kamah.PPM ah mifaharu noonekey bune qawm iskuran jehey
— Mohamed Jameel Ahmed (@MJameelAhmed) May 1, 2017
ޖަމީލް މިގޮތަށް ވިދާޅުވެފައިވާ އިރު ސަރުކާރުން ވިދާޅުވަނީ ތަރައްޤީއަށް ފުރުސަތު ދިނުމަށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓުލަައި ދިނުމަށެވެ.
ކައުންސިލް އިންތިހާބު ތިން ފަހަރެއްގެ މަތިން ފަސްކުރުމަށްފަހު މިހާރު ބާއްވަން ނިންމާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.