Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ޔާމީނާއި ޕީޕީއެމަށް އައްޑޫ ރައްޔިތުންގެ ވޯޓް ހަރާން: އިމާދު ސޯލިހް

ރާއްޖޭގެ އެންމެ ރަހުމް ކުޑަކޮށް މަރާލާފައި ވަނީ އޭނާއާއި އެއްލޭ ހިނގާ ކޮއްކޮ ޔާމީން ރަޝީދު ކަމަށާއި ޔާމީން ރަހުމް ކުޑަ މަރާލުމަށް ފަހު އެކި ބައްދަލުވުމްތަކުގައި ދައްކަވާ ވާހަކަތަކުން އެއައިލާއަށް ލިބިފައިވާ ފުން ޒަހަމްތަކަށް އިތުރު ވޭން ދެމުންދާއިރު، ކުރިއަށް އޮތް ތަނުގައި ޕީޕީއެމް އާއި ރައިސް ޔާމީންއަށް އައްޑޫ ރައްޔިތުންގެ ވޯޓު ހަރާމްކަމަށް ޖުމްހުރީ ޕާޓީގެ ކައުންސިލް މެމްބަރ އިމާދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރޭ ހުޅުމީދޫން ލޯކަލް ކައުންސިލް އިންތިހާބްގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެކު ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ އޭނާގެ އެއް ލޭހިގާ އެތައް ބަޔަކު ފޭދޫގައި އެބަތިބި ކަމަށާއި، މީދޫގައި އޭނާއަށް ގޮސް ވަދެ ވާހަކަ ނުދެއްކޭނެ އެއްވެސް ގެއެއް ނެތް އިރު މަރަދޫގެ ވެސް ބޮޑު ބަޔަކީ އޭނާ އާއި އާއިލީ ގޮތުން ގުޅުން ހުރި ފަރާތްތައް ކަމަށެވެ.

އެހެންވެ ޔާމީން އަނިޔާވެރި ގޮތަކަށް މަރާލައި، އެކަމާއި ވިއްދައިގެން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އައްޑޫގެ އެއްވެސް ރައްޔިތެއްގެ ވޯޓު ކައުންސިލް އިންތިހާބްވެސް އަދި އެހެން އިންތިހާބެއްގައި ވެސް ޔާމީން އާއި ޕީޕީއެމްއަށް ހަރާމް ކަމަށެވެ.

އިމާދު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ކަންކަން ކުރިއަށްދާ ގޮތާއި ފުލުހުންގެ ކަންކަމަށް ބަލާއިރު ޔާމީންއަށް ހަމަލާ ދިން ބަޔަކު ނުހޯދޭނެ ގޮތެއް ނޯންނާނެކަމަށެވެ.

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ދެ މީހަކު ފޯނުން ދައްކާ ވާހަކަ ސިފައިން އަށް އަޑު އެހޭނެ. އަޅުގަނޑެއް ގަބޫލެއް ނުކުރަން ޔާމީން ރަޝީދު މަރާލާފައި ވަނީ އެ ސިޑި ގޮޅީގެ ދަށުގައި ކަމެއް، އެހެންވީމަ ދިވެހި ދައުލަތުގެ އެއްވެސް މިހަކު ތައުޒިޔާ ވެސް ކިޔާފައެއް ނުވޭ. ރައީސް ޔާމީން ދަނީ ނުސީދާގޮތަށް ދަނީ ޔާމީންގެ މަރުގެ ވާހަކަ ދައްކަމުން.

އިމާދު ވިދާޅުވީ ޔާމީން މަރާލި ހާދިސާގައި އާއިލާއަށް އިންސާފު ހޯދައި ދިނުމުގައި އެހީތެރިވި ފަރާތަކީ އެމްޑީޕީގެ "ރީނދޫ ލަޝްކަރު" ކަމަށާއި، ރައީސް ނަޝީދުގެ ފަރާތުން ޔާމީންގެ އާއިލާއަށް ލިބެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރުވެރިވާކަމަށެވެ.

"ރައިސް ނަޝީދު އެގެންދަވަނީ ޔާމީންގެ ބައްޕަ ބޭރުގެ އެކި ފަރާތްތަކާއި ބައްދަލުކުރުވައި، މިކަމަށް އިންސާފު ހޯއްދަވައި ދިނުމަށް ނިކުންނަވާފައި، އަޅުގަނޑު އެކަމަށްޓަކައި ނަޝީދުއަށް އާއިލާގެ ފަރާތުން ޝުކުރުވެރިވަން"

އިމާދު ވަރަށް އަސަރާއި އެކު ވާހަކަދައްކަވަމުން ވިދާޅުވީ އަފްރާޝީމް އަލީ މަރާލާފައި އޮތްވާވެސް ފެނުނު ކަމަށާއި ޔާމީންގެ ހަށިގަނޑުގައި ހުރި ޒަހަމްތައް ވެސް ފެނުނު މީހެއްގެ ހައިސިޔައްޔަތުން ޔާމީން ފަދަ އަނިޔާވެރި ގޮތަކަށް އަދި ރާއްޖޭގައި މީހަކު މަރާފައި ނުވާކަމަށެވެ. އަދި ޔާމީނަކީ ދުނިޔޭގައި ހުރި ނަމަ ގައުމަށް ނުހަނު ފައިދާ ހޯދައިދޭނެވަރުގެ ވިސްނުނުން ތޫނު ޝަހްސެއްކަމަށް އިމާދު ވިދާޅުވިއެވެ.