Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ރޭޕް މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ ރޭޕްގެ މައްސަލައަކާއި ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މީހަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޓިވް ޑިޕާޓްމަންޓުން ބުނެފައިވަނީ ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ރާޝިދު މިއާ، 30، ކަމަށެވެ. އޭނާގެ ފޮޓޯ ފުލުހުން އާންމުކޮށްފައިވާއިރު އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ފުލުހުންނާއި މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މީނާގެ އެހެން މައްސަލައެއްވެސް ފުލުހުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ދާދި ފަހުން ހުޅުމާލޭގައި ޒުވާން އަންހެނަކު ރޭޕް ކޮށްފައިވާއިރު މިއީ އެމައްސަލައާއި ގުޅިގެން ހޯދާ މީހެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.