Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ފެރީ ޓިކެޓް އަގުބޮޑު ކުރީ ގަވާއިދާ ހިލާފަށް

މާލެ އާއި ހުޅުލޭ ދެމެދު ދަތުރު ކުރާ ފެރީގެ އަގު ބޮޑު ކުރީ ގަވާއިދާ ހިލާފަށްކަ މަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

މާލެ/ ހުޅުލެ ފެރީގެ އަގު 11 ރުފިޔާއަށް ބޮޑު ކުރުމާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ފެރީގެ އަގު ބޮޑުކޮށްފައިވަނީ ހަމަޖެހިފައިވާ އުސޫލްތަކާ ޚިލާފަށް ޓްރާސްޕޯޓް އޮތޯރިޓީ އާއި ކަމާއި ގުޅޭ އެއްވެސް މުވައްސަސާ އަކާއި މަޝްވަރާ އެއް ނެތިކަމަށެވެ.

ޓްރާންސްޕޯޓުން ބުނީ އޮޕަރޭޓަރަށް ހުއްދަ ނެތި ކުރެވޭނެ ކަމަކަށް ނުވާތީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެއަރޕޯޓް ފެރީ އޮޕަރޭޓާރސް އެސޯސިއޭޝަނުން ބުނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ފެރީ ޓިކެޓެއް ވިއްކާނީ ކޮޅަކަށް 11 ރުފިޔާއަށް ކަމަށެވެ.