މި އަހަރުގެ ރޯދަ މަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި ރައީސް އަބްދުﷲ ޔާމީން ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް އަލީ މުއާޒް މިއަދު ވިދާޅުވީ ސަރުކާރު އޮފީސްތަކާއި ކުންފުނިތައް މަސައްކަތަކުގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހެނދުނު 10:00 އަކުން މެންދުރު ފަހު 2:00 އާ ހަމައަށް ކަމަށެވެ.
މިދިޔަ އަހަރު ވެސް ސަރުކާރުގެ މުވައްޒަފުން ރޯދަ މަހު މަސައްކަތް ކޮށްފައި ވަނީ 4 ގަޑި އިރަށެވެ.