Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

އެއްވުންތައް ރޫޅާލުމާއި ހައްޔަރު ކުރުމުގެ އުކުޅު ދަސްކޮށް ދެނީ

2015 ވަނަ އަހަރު ރައީސް ނަޝީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ ތެރެއިން. އޭޕީ ފޮޓޯ: ހުސައިންސިނާން

ފުލުހުންނަށް އަމާޒުކޮށްގެން އެއްވުން ރޫޅާލުމުގެ ހުނަރުތަކާއި ހައްޔަރު ކުރުމުގެ އުކުޅު ދަސްކޮށްދޭ ކޯހެއް ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި "ޕަބްލިކް އޯޑާ ޓްރެއިނިން" ނަމުގައި ކުރިއަށް ގެންދާ ކޯހުގައި 21 ފުލުހަކު ބައިވެރިވެ އެވެ.

އޭޕްރީލް 23 އިން ފެށިގެން އެއްމަސް ދުވަަހުގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ އެ ޓްރެއިނިންގައި ބައިވެރިވަނީ ޕޮލިސް އެކަޑަމީ، މާލެ ކަސްޓޯޑިއަލް، ދޫނިދޫ ކަސްޓޯޑިއަލް އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުހުންނެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ކޯހުގައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވާ އެއްވުންތައް ރޫޅާމުގެ ހުނަރުތަކާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭނުންކުރާ އުކުޅުތައް ކިޔަވައިދެވޭނެ އެވެ.

މީގެ އިތުރުން ފުލުހުންނާއި ގުޅުން ހުރި ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކާއި ބެހޭގޮތުން ވެސް ކިޔަވައިދޭނެ ކަމަށް ފުލުހުން ބުނެއެވެ.