މަރަދޫގައި ބަހައްޓާފައި ހުރި ރައީސް އަބްދުﷲ ޔާމީންގެ ޕޯސްޓަރަކަށް ގެއްލުން ދީފި އެވެ.
މަރަދޫގައި ނަރުދަމާގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބޭނުން ކުރި މި ޕޯސްޓަރަށް ގެއްލުން ދީފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
މަރަދޫގައި ރައީސް ޔާމީންގެ ޕޯސްޓަރަކަށް ގެއްލުން ދީފައިވާ އިރު އައްޑޫގައި ވެސް ލޯކަލް ކައުންސިލް އިންތިހާބުގެ ފޯރި ގަދަ ވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

މަރަދޫގައި ޕީޕީއެމް ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ޕޯސްޓަރަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.