Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ފައިސަލް ނަސީމް ފުލުހަށް ހާޒިރުވާން އަންގައިފި

ކާށިދޫ ދާއިރާގެ މަޖްލިސް މެމްބަރ ފައިސަލް ނަސީމް ފުލުހަށް ހާޒިރުވާން ޗިޓު ފޮނުފައިފިއެވެ.

މާދަމާ ހެނދުނު 10 ޖަހާއިރަށް ފައިސަލް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.
ޖުމްހުރި ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ފައިސަލް ފުލުހަށް ހާޒިރުވާން އެންގި އިރު އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މައްޗަށް ތިން ދައުވާއެއް އުފުލައި އެބޭފުޅާ ވަނީ ހައްޔަރުކޮށްފައެވެ.

އަދި ޖުމްހުރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލައި ޝަރީއަތް ފަށާފައެވެ.

ފައިސަލް ގެންދަވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.