Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

"އަފިރިން ކެމްޕޭން ކެރާކޯ ޕީޕީއެމުން ތިބެނީ ސޮނި ބޭވިފެއި"

ފޭދޫގައި އެމްޑީޕީގެ ފަރާތުން ކެމްޕެއިން ކުރާއިރު ޕީޕީއެމްގެ މެންބަރުން ތިބެނީ "ސޮނި ބޭލިފައި ކަމަށް" ފޭދޫ ދާއިރާގެ ކައުންސިލަރ އަލީ ފަހުމީ އަހުމަދު ވިދާޅުވެއްޖެއެވެ.

ހިތަދޫގައި އެމްޑީޕީ އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަލީ ފަހުމީ ވިދާޅުވި ގޮތުގައި ފޭދޫގައި ކެމްޕެއިން ކުރައްވަމުން ގެންވަނީ، ވަރަށް ގިނަ ދަތިތައް ކުރިމަތިވަމުން ގެންދާ ކަމަށެވެ.

އަލީ ފަހުމީ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުންނާއި އެކު އިއްޔެ ހަވީރު ފޭދޫގައި "ލަވަ ޖަހަމުން ނަށަމުން ކެމްޕެއިން ކުރަމުން ގެންދިޔަ އިރު ޕީޕީއެމްގެ މެންބަރުން ތިބީ ސޮނި ބޭލިފައި" ކަމަށެވެ.

އައްޑޫގެ ތަރައްޤީއަށް ކައުންސިލުން މިހާރު ވެސް ކަންތައް ތަކެއް ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ކުރަމުން ގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ފަރާތުން ކިތަންމެ ޖެއްސުމެއް ކުރި ނަމަވެސް، އިރާދަކުރެއްވިއްޔާ މެއި މަހުގެ 6 ވަނަ ދުވަހުގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.