Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ކޯރާޑީން ޒަހަމްކޮށްލި ކުއްޖާ އިތުރު ފަރުވާ އަށް މާލެ ފޮނުވާލަނީ

ހިތަދޫގައި ރޭ ކޯރަޑީއަކުން ޖަހައި ޒަމަހްކޮށްލި 15 އަހަރުގެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު ނަޖީބް މިއަދު ވިދާޅުވީ ކޯރާޑީ އަކުން ޒަހަމްކޮށްފައިވާ ކުއްޖާގެ ބޮލުން ފުން ޒަހަމްތަކެއް ހުރި ކަމަށާއި، އެ ކުއްޖާގެ ލޯކައިރިން ވެސް ޒަހަމްތަކެއް ހުރި ކަމަށެވެ.

އެހެންވެ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް އާސަންދަ މެދުވެރިކޮށް ކުރަމުން އަންނަ ކަމަށެވެ.

ރޭ 10:30 ހާއިރު ކޯރާޑީއަކުން ޒަހަމްކޮށްލާފައި ވަނީ ޝަރަފުއްދީން ސްކޫލްގެ ގްރޭޑް 9 އެއްގައި ކިޔަވަމުން އަންނަ މުހައްމަދު ޒަޔާން ކިޔާ ކުއްޖެކެވެ.

އޭނާ އަށް ހަމަލާ ދީފައި ވަނީ ހަތަރު މީހުންގެ ގްރޫޕަކުން ކަމަށް މައުލޫމާތު ލިބެއެ ވެ. މި ހާދިސާ އާއި ގުޅިގެން ރޭ ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.