Last Updated: June 11, 21:26
Thursday, June 11, 2026
ސިޔާސީ

ނަޝީދުގެ ޝަރީއަތް މިއަދު ވެސް ކެންސަލް!

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނިކޮށް ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލްކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ބާއްވަން އޮތް އަޑު އެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. އެ ދުވަހުން ފެށިގެން ނަޝީދު ގެންދަވަނީ "ހިމާޔަތް ހޯއްދެވީ" ކަމަށް ބުނެ އިންޑިއަން ހައި ކޮމިޝަންގެ ތެރޭގައި ދިރިއުޅުއްވަމުންނެވެ.

ހުޅުމާލޭ ކޯޓުގައި މިއަދު ހަވީރު 4:00 އަށް ތާވަލްކޮށްފައި އޮތް ޝަރީއަތް މިއަދު ކެންސަލްކުރީ ޑިޕާޓްމެން އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނިގޮތުގައި ޝަރީއަތަށް ނަޝީދު ހާޒިރުކޮށްދެވެން ނެތް ކަމަށް ފުލުހުން އެންގުމާ ގުޅިގެންނެވެ.