#އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުގެ ކުރިން އައްޑޫގެ ގޭބިސީތަކަށް ކަރަންޓު ބިލު ނުބެހުމަށް ފެނަކަ އައްޑޫ އޮފީހަށް އަންގާފައިވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ މުހައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.
ހިތަދޫ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔަސްރިފް ވަނީ ފާއިތުވި މަހު ހިތަދޫގެ ބައެއް ގޭބިސީތަކަށް ފޮނުވި ކަރަންޓު ބިލް އާދަޔާ ޚިލާފަސް ބޮޑުވެފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ކަރަންޓު ބިލް ގޭގެއަށް ދެމުން ނުދޭ. އިންތިހާބުގެ ކުރިން ބިލްތައް ހަވާލު ނުކުރަން ވެގެން ބަހައްޓާފައި ހުރީ. އިންތިހާބުގެ ކުރިން ހުރިހާ ރައްޔިތުން ފެނަކައަށް ގޮސް ބިލްތައް ހޯދައި ބަލަން ޖެހޭ." ޔަސްރިފް ވިދާޅުވި އެވެ.
އިންތިހާބުގެ ކުރިން ކަރަންޓު ބިލުތައް ނުބަހަން ފެނަކައިން ނިންމާފައިވާ ކަމަށާއި އެހެންވެ ވޯޓުގެ ކުރިން ފެނަކަ އަށް ގޮސް ކަރަންޓު ބިލުތައް ހޯދުމަށް ޔަސްރިފް ވަނީ ގޮވާލައިފަ އެވެ.