Last Updated: July 22, 14:09
Wednesday, July 22, 2026
މީހުން

ޑްރަގް މައްސަލައެއްގައި ފޭދޫ މީހަކު ހޯދަނީ

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފޭދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހޯދަނީ ފޭދޫ، ގަހާ ޢަލީ ޒާހިރު، 31، އެވެ.

ފުލުހުން ބުނީ އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅައި ހިއްސާ ކުރަން އެދޭ ކަމަށެވެ.