އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބްގައި ވޯޓުލުމަށް އައްޑޫގައި 31 ވޯޓް ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަން ކަމިޝަނުން ބުނެފި އެވެ.
އިލެކްޝަނުން އާއްމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން ވޯޓު ލުމަށްޓަކައި ހުޅުދޫގައި 3 ވޯޓު ފޮށި ބަހައްޓާނެއެވެ. މީދޫގައި ވެސް 3 ވޯޓު ފޮށި ބަހައްޓާއިރު ފޭދޫގައި 5 ވޯޓު ފޮށި އަދި މަރަދޫ ގައި 3 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަނުން މައުލޫމާތު ދެއްވައެވެ.
މަރަދޫފޭދޫގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ހިތަދޫގެ 3 ދާއިރާގެ ރައްޔިތުން ވޯޓު ލުމަށް 15 ވޯޓު ފޮށްޓެއް ބަހައްޓާނެ އެވެ.
ކައުންސިލް އިންތިޚާބާއި ގުޅިގެން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށްޓަކައި މުޅި ރާއްޖޭގައި ޖުމްލަ 422 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.