Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ފުލުހުން އެދުމުން ޣާނިމްގެ މައްސަލަ އަނބުރާ ނަގައިފި

ލޯކަލް ކައުންސިލް އިންތިޚާބުގައި މައްޗަންގޮޅި ދެކުނަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ޣާނިމް އަބްދުލް ޣަފޫރު ބަންދުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހައިކޯޓުގައި އެދުނު މައްސަލަ ފުލުހުންގެ އެދުމުގެ މަތިން އަނބުރާ ނަގައިފިއެވެ.

ޕީޖީ އިން މައްސަލަ ނަގާފައިވަނީ ޣާނިމްގެ ބަންދުގައި އިތުރަށް ބަހައްޓަން ބޭނުންނުވާ ކަމަށް ފުލުހުން ޕީޖީގައި ބުނުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕީޖީ އިން ކްރިމިނަލް ކޯޓުގައި ޣާނިމް ބަންދުކުރުމަށް އެދި އަމުރެއް ނެރެދިނުމަށް އެދުމުން ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރުމަށް ދެކޮޅު ހަދާފައެވެ.

ޣާނިމްގެ މައްޗަށް ތުހުމަތު ކުރަނީ މިދިޔަ އަހަރު ހިންގި މާރާމާރީއެއްގައި ބައިވެރިވެފައިވާ ކަމަށެވެ.