މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ވިލާ ހޮޓެލްސް އަތުން 18.6 މިލިއަން ޑޮލަރު ހޯދުމަށް ދައުވާކޮށްފިއެވެ.
މީރާއިން ވިލާއާ ދެކޮޅަށް ދައުވާކޮށްފައިވަނީ ރިސޯޓު ތަރައްގީ ކުރުމަށް ވިލާ އިން މަސައްކަތް ކުރަމުންދާ ކ. ބޮލިދުއްފަރާއި، ކ. ވާވެއްދިފަޅުގެ ކުއްޔާއި ޖޫރިމަނާ ދައްކާފައިނުވާ ކަމަށް ބުނެއެވެ.
މިދެރަށް ސަރުކާރުން ވަނީ 2013 ވަނަ އަހަރު ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ވިލާ އަތުން އަތުލައި ސަރުކާރަށް ނަގާފައެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ ސަރުކާރުން ދެ ރަށް ނަގާފައިވަނީ ދެފާރާތުން އެއްބަސްވެ ސޮއިކޮށްފައިވާ އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓާ ޚިލާފަށް ކަމަށް ހުކުމް ކޮށްފައެވެ.
ސިވިލް ކޯޓުގެ މިހުކުމް ސަރުކާރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.