Last Updated: June 24, 03:22
Tuesday, June 23, 2026
ކުޅިވަރު

ހިގުއެއިންގެ ދެ ގޯލާ އެކު ޔުވެންޓަސް މޮނާކޯ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޔުވެންޓަސްއާއި މޮނަކޯ ބައްދަލުކުރި މެޗު 0-2 ޔުވެންޓަސް ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ކަށަވަރުކުރުމާއި ގާތަށް ޖެހިލައިފިއެވެ.

މޮނަކޯގެ ދަނޑުގައި ކުޅުނު މެޗު ޔުވެންޓަސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓުގައި ޖަހާފައިވަނީ ހިގުއެއިންއެވެ. މިލަނޑު އޭނާ ޖަހާފައިވަނީ ޑެނީ އަލްވެސްގެ އެސިސްޓަކުންނެވެ.

ފުރަތަމަ ހާފު 1-0 އިން ޔުވެންޓަސް ލީޑުގައި އޮވެ ނިމިފައިވާއިރު ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޔުވެންޓަސް ވަނީ ލީޑު ފުޅާކޮށްފައެވެ. 55 ވަނަ މިނެޓުގައި ދެވަނަ ލަނޑުވެސް ޖެހީ ޑެނީ އަލްވެސްގެ އެސިސްޓަކުން ގޮންޒާލޯ ހިގުއެއިންއެވެ.

ސެމީގެ ދެވަނަ ލެގުގައި އިޓަލީގައި ކުޅޭ މެޗުގެ ކުރިން މިއީ ޔުވެންޓަސް އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދި މޮނަކޯއަށް ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރުމަށް އެޅުނު ބޮޑު ހުރަހެކެވެ.

މިސީޒަނުގައި ޗެމްޕިއަންސް ލީގުގައި އެންމެ ރަނގަޅު ޑިފެންސިވް ރިކޯޑު ގާއިމުކޮށްފައިވާ ޔުވެންޓަސް ވަނީ ކުއާޓާގެ ދެލެގުގައިވެސް ސްޕެއިންގެ ބާސެލޯނާއަށް ލަނޑެއް ކާމިޔާބުކުރެވުނަ ނުދީ ހިފަހައްޓާފައެވެ.