ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދުގެ ފަރާތުން ކަދުރު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސައުދީއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ ނައިބު، މެތުރިކް އަލް ދޮސާއީއެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިނިސްޓަރ ފޯ އިސްލާމިކް އެފެއާޒް، ޑރ. އަހުމަދު ޒިޔާދު ބާގިރެވެ. ސައުދީ އިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ކައިރިކޮށް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.
މިދިޔަ އަހަރުވެސް ސައުދީން ވަނީ މިއަހަރެކޭ އެއްފަދައިން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ.