އައްޑޫ ސިޓީ، ހިތަދޫ މާ ކިޅި ސަރަހައްދުގައި ބާބަކިއު ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
ކައުންސިލުން ބުނީ ރޯދަމަސް ފެށުމުގެ ކުރިން މާ ކިޅި ސަރަހައްދުގައި ބާބަކިއު ހެދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރެވޭނެއެވެ.
އައްޑޫގައި ރަނގަޅު ފެންވަރަށް ބާބަކިއު، ޕާޓީ، ޕިކްނިކް ފަދަ ހަރަކާތްތައް ބޭއްވޭގޮތަށް ވަސީލަތްތައް ގާއިމުކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި އެ ވަސީލަތްތައް ޑިޒައިންކޮށްދޭނެ ފަރާތްތައް ހޯދުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. ކައުންސިލުން ކުރި އިއުލާނުގެ މުއްދަތު ހަމަވީ މިއަދުއެވެ.
ކައުންސިލުގެ ފަރާތުން މީގެ ކުރިން ވެސް ވަނީ އައްޑޫގެ އެކި ސަރަހައްދުތަކުގައި ޕާކުތަކާއި، އައުޓްޑޯ ޖިމް ފަދަ ވަސީލަތްތައް ގާއިމްކޮށްފައެވެ.