Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އޮޑިދޯނިފަހަރަށް ފެން ލިބޭ ގޮތް ހަދަން ވަސަން އަށް

އޮޑިދޯނިފަހަރަށް ފެން ލިބޭނެ އިންތިޒާމް ހިތަދު މަރަދޫގައި ހަމަޖެއްސުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ބަޔަކާ ހަވާލުކޮށްފި އެވެ.

ފަންސަވީސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަރަދޫ ވަސަން މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ކައުންސިލުން ބުނީ މި މަޝްރޫއަށް 800،000ރ. އަށް ވުރެ ގިނަ ރުފިޔާ ކައުންސިލްގެ ބަޖެޓުން ހަރަދު ވާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހިތަދޫ ބަނދަރުގައި ނުވަ ފެން އިސްކުރު އަދި މަރަދޫ ބަނދަރުގައި ވެސް މަދުވެގެން ފަސް ވަރަކަށް އިސްކުރު ބަހައްޓާނެ އެވެ.