ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގ އަށް އާ ފީޗާސްތަކާއެކު ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މިރެއިން ފެށިގެން އިންޓަނެޓް ބޭންކިންގްގެ އާ ޚިދުމަތްތައް ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކޮށްފައިވާއިރު ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެފައިވަނީ އިންޓަނެޓް ބޭންކިންގްއަށް ބަދަލުތަކެއް ގެނެސްފައިވަނީ ކަސްޓަމަރުން ޚިޔާލުތައް ހޯދައިގެން ކަމަށެވެ.
އަލަށް ތައާރަފް ކުރި ޚިދުމަތްތަކުގެ ތެރޭގައި ރަށް ޑޮލަރު ފޮނުވަން ހަދާ ޓީޓީ މުއާމަލާތްތަކަށް ބޭނުންވާ ޑޮކިއުމެންޓްތައް އިންޓަނެޓު ބޭންކިން މެދުވެރިކޮށް ފޮނުވުމާއި އެކައުންޓް ސްޓޭޓްމަންޓް ބީއެމްއެލް ލެޓަހެޑުގައި ޑައުންލޯޑު ކުރުންފަދަ ހިދުމަތްތައް ވަނީ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ ގޮތަށް ހަދާފައެވެ.
ނޫސްވެރިންނާއި ބައްދަލުކޮށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެފައިިވަނީ އަލަށް ގެނެވުނު ބަދަލުތަކާއިއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑުތަން ޚިދުމަތް ހޯދުމުގައި ލުއި ވެގެންދާނެ ކަމަށެވެ.
ބޭންކުން އަންނަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަގުނަ އިންވެސްޓްމެންޓުތައް "އަހަރެންގެ ބޭންކް" ކެމްޕެއިނުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންނެވެ.