Last Updated: May 2, 02:14
Thursday, May 1, 2025
ޚަބަރު

ކޯގަންނުގެ ސެކިއުރިޓީ ސަން ރައިޒާ ހަވާލުކޮށްފި

މީދޫ ތާރީހީ ތަނެއް ކަަމަށްވާ ކޯގަންނު ގަބުރުސްތާނުގެ ސެކިއުރިޓީ ބެލެހެއްޓުން ސަންރައިޒް ސެކިޔުރިޓީ ސާވިސްއާ އައްޑޫ ސިޓީ ކައުންސިލުން ހަވާލުކޮށްފި އެވެ.

ކައުންސިލުން ބުނީ އެ ކުންފުނިން ކޯގަންނު ގަބުރުސްތާންގެ ސެކިއުރިޠީ 24 ގަޑިއިރު ބަލަހައްޓާނެ ކަަމަށެވެ. ބު ވިދާޅުވިއެވެ.

ކޯގަންނު ގަބުރުސްތާނުގައި ސެކިޔުރިޓީ ބަލަހައްޓަން އަމިއްލަ ބަޔަކާ ހަވާލުކޮށްފައި ވަނީ މި ފަހަކަށް އައިސް އެތަނަށް ގެއްލުންދޭ މައްސަލަތަކެއް ވެސް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެހެންވެ އެތަނުގެ ސެކިއުރިޓީ ބަލައްޓަން، މީދޫ މެޖިސްޓްރޭޓް ކޯޓުން ކުރިން ފުލުހުންގެ މައްޗަށް އަރުމެއް ވެސް ނެރުނެވެ.

އެކަމަކު ކޯގަންނު ބެލެހެއްޓުމާ ފަހުން ހަވާލުވެފައި ވަނީ ކައުންސިލުންނެވެ.

ކޯގަންނު ގަބުރުސްތާނުގައި ހުންނަ މެދުޒިޔާރަތަކީ ޔަމަނުގެ ސަންހާގެ ދަންނަ ބޭކަލެއް ކަމުގައިވާ ސުލައިމާނު ގާދިރުކަލޭގެ ފާނުގެ ސުވަރު ގާދިރު ކަލޭގެ ފާނުގެ އީސާގާދިރު ކަލޭގެ ފާނުގެ އައްޝެއިޚް ހާފިޒު ޔޫސުފުއްނާއިބްގެ އާއިލާ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ.

ސުލައިމާނު ގާދިރުކަލޭގެ ފާނުންގެ އާއިލާއަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް ދަސްކޮށް ދެއްވައި ދެކުނުގެ އަތޮޅުތަކުގެ މީހުން އިސްލާމް ދީނަށް ވެއްދި އާއިލާ އެވެ.