Last Updated: June 11, 21:26
Thursday, June 11, 2026
މުނިފޫހިފިލުވުން

މޮންޓީ ޝަރްމާ ވެސް ޑައިރެކްޓަރުގެ ގޮނޑިއަށް

ސަންޖޭ ލީލާ ބަންސާލީގެ "ބްލަކް" އާއި "ސާވަރިއާ" ފަދަ ފިލްމުތަކުގެ މިއުޒިކް ތައްޔާރުކޮށް ދީފައިވާ މޮންޓީ ޝަރްމާ ވެސް ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަން ތައްޔާރުވެއްޖެ އެވެ.

މޮންޓީ ބުނީ އޭނާ ޑައިރެކްޓް ކުރާ ފިލްމަކީ ލޯބީގެ ވާހަކައަކަށް ހަދާ ފިލްމެެއް ކަމަށެވެ. ފިލްމްގެ ނަމަކަށް ހަމަޖައްސާފައި ވަނީ "ލަވް ހުއާ ޝާޔަދް" އެވެ. މޮންޓީ ބުނީ ފިލްމްގެ ތަރިންނަށް ނަގާނީ މުޅިން ވެސް އާ ޒުވާނުން ކަމަށެވެ.

އޭނާ މިއުޒިކް ވެސް ތައްޔާރު ކުރާ މި ފިލްމުގައި 12 ލަވަ ހިމެނޭނެ ކަމަށް މޮންޓީ ބުންޏެވެ. އޭނާ މިހާރު ވަނީ ފިލްމްގް ސްކްރިޕްޓްގެ މަސައްކަތާއި މިއުޒިކްގެ މަސައްކަތް ވެސް ނިންމާފަ އެވެ. އަދި މާޗް މަހުގެ ތެރޭގައި ފިލްމްގެ ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭނާ ބުނީ ފިލްމްގެ މަސައްކަތް ވަރަށް އަވަހަށް ނިންމައި މެއި މަހުގެ ތެރޭގައި ރިލީޒް ކުރަން ވެސް ޕްލޭންކޮށްފައިވާ ކަމަށެވެ.