Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަބްދުލް ޝުކޫރު އަބްދުﷲ (ކުއްޓު) ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޓު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އޭނާ މަރުވިކަން އެނގުނީ ހެނދުނު ހޭނުލައިގެން ގޮސް އޭނާގެ އެޕާޓްމަންޓު ބެލުމުންނެވެ. އޭނާ ދިރިއުޅެމުން ދިޔައީ ވަކިން އެޕާޓްމަންޓެއްގައެވެ.

27 އަހަރުގެ ކުއްޓު ނިސްބަތްވަނީ ހއ ތަކަންދޫއަށެވެ. އޭނާ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ކަން ކުރައްވާތާ 2 އަހަރު ވެދާނެއެވެ.