Last Updated: June 30, 07:10
Tuesday, June 30, 2026
ޚަބަރު

ޑްރަގް މައްސަލައެއްގައި ހުޅުދޫ މީހަކު ތިން އަހަރަށް ޖަލަށް

ހުޅުމީދޫ ޕޮލިސް ސްޓޭޝަން:

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުދޫ މީހަކު 3 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެޕްރީލް މަހުގެ 25 ވަނަ ދުވަހު، ކެނަބިސް ބޭނުންކުރުމުގެ ކުށުގައި ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ސ. ހުޅުދޫ، ނާދީ، މުޛުލިފް ޖައުފަރެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، ކެނަބިސް ބޭނުންކުރާ ކަމަށް މުޛްލިފް އިއުތިރާފްވެފައިވާ ކަމަށާއި އަދި އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލް ކުރި އިރު ވެސް ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.