Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އައްޑޫގެ އިތުރު މަގުތައް ހަދަން ލަންކާގެ ސިއެރާ ކުންފުންޏަށް

ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހަދަން ނިންމާފައިވާ އައްޑޫގެ އަވަށްތަކުގެ އިތުރު މަގުތައް ހަދަން ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަން ސިއެރާ ކޮންސްޓްރަކްޝަނާ ހަވާލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައިވާ ސިއެރާ ކުންފުންޏާ ވަނީ ހުޅުމީދޫގެ ނަރުދަމާގެ މަސައްކަތް ވެސް ހަވާލުކޮށްފަ އެވެ.

މީގެ ކުރިން ވެސް ލަންކާގެ ކުންފުންޏަކުން އައްޑޫގެ ތިން އަވަށެއްގެ ބޮޑު މަގު ވަނީ ހިލޭ ހަދައި ދީފަ އެވެ.

އެއީ މަރަދު އާއި މަރަދޫފެދޫގެ އިތުރުން ފޭދޫގެ ބޮޑު މަގެވެ.