ލޮލުގެ ފެނުމަށް މައްސަލަތައް ދިމާވެފައިވާ ފަރުވާ ދިނުމުގެ ގޮތުން ސްރީލަންކާގެ ތަޖުރިބާކާރު އޮޕްޓޮމެޓްރިސްޓެއް ބަލި މީހުން ބަލައި ލޮލުގެ ނަމްބަރު ނަގައި ދިނުމުގެ ޚިދުމަތް ދޭން ފަށައިފި އެވެ.
އޭނާ މިވަގުތު ހިދުމަތް ދެމުން އިއްޔެ އިން ފެށިގެން އަންނަނީ ހުުޅުމީދޫ ސިއްހީ މަރުކަޒުގަ އެވެ. ލޮލުގެ ޑޮކްޓަރުގެ ޓީމް މިއަދާ ހަމައަށް ހުޅުމީދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރުމަށް ފަހު ހިތަދުއަށާއި ފޭދޫ އަދި މަރަދޫފޭދު އާއި މަރަދު އަށް ދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މާލޭގެ "ޝޮޕް މޯ އޮޕްޓިކަލްސް" ގެ މަސައްކަތް ކުރާ ތަޖުރިބާކާރު އޮޕްޓޮމެޓްރިސްޓް ސިއްހީ މަރުކަޒުގައި މީހުން ބަލައި ލޮލުގެ ނަމްބަރު ހިލޭ ނަގައި ދިނުމަށް ހަމަޖައްސާފައިވާ އިރު އައިނު ދެ މަހުން އަގު ދައްކާ އުސޫލުން ހަދައި ދިނުމުގެ ޚިދުމަތްވެސް ޝޮޕް މޯ އޮޕްޓިކަލްސްގެ ފަރާތުން ދިނުމަށް ހަމަޖެހިފައިވެ އެވެ.