އައްޑޫ ސިޓީ، މީދޫ ދާއިރާގެ ކައުންސިލަރ ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޙަސަން ހިޔާޒް ހޮވިވަޑައިގެންފިއެވެ.
ހިޔާޒް އަށް މީދޫ ދާއިރާގެ ކައުންސިލަރ ހޮވުމަށް ނެގި ވޯޓުގައި 940 ވޯޓު ލިބިވަޑައިގެންނެވިއެވެ. އޭނާ އާއި އެންމެ ގާތުން ވާދަކުރި އިބްރާހިމް ޖަމާލް އަށް ލިބިވަޑައިގެންފައި ވަނީ 704 ވޯޓެވެ.
ޕީޕީއެމްގެ ފަރާތުން އެ ދާއިރާއަށް ވާދަކުރެއްވި އާދަމް ޝައްމޫން އަށް ލިބިވަޑައިގެންނެވީ 308 ވޯޓެވެ.